ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ސަރކިއުލަރތަކާއި ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
# |
13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ގަވާއިދުތައް |
1 |
ހައިކޯޓު/ އުތުރު ގޮތްޕާއި ހައިކޯޓު/ ދެކުނުގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސުމާބެހޭ ގަވާއިދު (15.03.2017). |
2 |
ޖުޑީޝަލް ކައުންސިލް ހިންގާ ގަވާއިދު .(12.12.2010) |
# |
13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ސަރކިއުލަރތައް |
||
1 |
2015/07/SC ނަންބަރު ސަރކިއުލަރ (12.02.2015) - ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކަށް ނިސްބަތްވާ ސަރަޙައްދުތައް ކަނޑައެޅުމާގުޅޭ. |
||
2 |
2015/06/SCނަންބަރު ސަރކިއުލަރ (27.01.2015) - ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމާއިގުޅޭ. |
||
3 |
2015/03/SC ނަންބަރު ސަކިއުލަރ (08.01.2015) - ޙުކުމް ތަންފީޛު ކުރުމާ ގުޅޭ. |
||
4 |
2011/01/SC ނަންބަރު ސަރކިއުލަރ (09.08.2011) - އަރުޝީފުގައި ރައްކާކުރެވިފައި ހުންނަ ލިޔުންތައް ދޫކުރުމާ ގުޅޭ. |
||
# |
13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ޢާއްމު ސިޓީތައް |
||
1 |
2018/05 ނަންބަރު ޢާއްމު ސިޓީ (14.08.2018) - ހައިކޯޓު އުތުރު ގޮފީގައި ޝަރީޢަތް ހިންގަން ފެށުމާގުޅޭ. |
||
2 |
2016/05 ނަންބަރު ޢާއްމު ސިޓީ (11.02.2016) - މާލޭގައި ޤާއިމުކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދުތަކުން އިސްތިއުނާފުކުރުމަށް ސީދާ މާލޭގައި ޤާއިމުކުރެވިފައިވާ ހައިކޯޓަށް ހުށަހެޅުމާގުޅޭ. |
||
3 |
2016/04 ނަންބަރު ޢާއްމު ސިޓީ (19.01.2016) - ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށުމާ ގުޅޭ. |
||
4 |
2015/01 ނަންބަރު ޢާއްމު ސިޓީ (21.01.2015) – ޙުކުމް ތަންފީޛުކުރުމާ ގުޅޭ. |
||
5 |
2012/02 ނަންބަރު ޢާއްމު ސިޓީ (02.02.2012) - ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމާ ގުޅޭ. |
||
# |
13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު އުސޫލުތައް |
||
1 |
2019/02 ނަންބަރު އުސޫލު (14.02.2019) - ޝަރަފުވެރުކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުން ތަކްރީމް ކުރުމާ ގުޅޭ. |
||
2 |
2022/01 ނަންބަރު އުސޫލު (16.03.2022) - ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުން ތަކްރީމު ކުރުމުގެ އުޞޫލުއަށް 1 ވަނަ އިޞްލާޙް ގެނައުމާ ގުޅޭ. |