The Constitution of the Republic of the Maldives 2008 established the Supreme Court as the highest court of the land under Article 141, replacing the High Court as the apex court. The Supreme Court was formally constituted with a Chief Justice and four Justices, holding original jurisdiction in constitutional matters and final appellate jurisdiction over all other matters.ޤާނޫނު ނަންބަރު 2019/6 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 (ހަތެއް) ފަނޑިޔާރުން ކަމުގައި ހަމަޖެހިފައިވުމާ ގުޅިގެން، 2020 ސެޕްޓެންބަރު 08 ގައި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ޢައްޔަންކުރެވުނެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމްއެވެ.