
Justice of Supreme Court of the Maldivesދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
Appointed Sinceޢައްޔަންކުރެވުނު ތާރީޚް
Honorable Justice Hussain Shaheedh was born on 21 January in S. Hithadhoo, Addu Atoll, as the ninth of sixteen children of late Rekimanka and Dhon Dheedhee of Baazeege, S. Hithadhoo, Addu Atoll. He pursued higher education in Islamic studies and law at Al-Azhar University in Egypt and the College of Islamic Studies (Kulliyyah) in the Maldives, where he obtained his LL.B. degree in Sharia and Law. He further obtained a Master’s Degree in Islamic Judicial Sciences and Sharia Policy from the Islamic University of Maldives in 2019.
Justice Hussain Shaheedh began his career in public service in 2003, when he joined the Auditor General’s Office (Addu Atoll). In 2011, he entered the legal profession and from 25th July 2012 to 25th November 2014, he served as an Assistant Legal Officer at the Criminal Court of the Maldives. He subsequently served as a Magistrate of the Feydhoo Magistrate Court in Addu Atoll and later as Chief Magistrate of the Holhudhoo Magistrate Court in Noonu Atoll. These appointments provided him with experience at the magistrate-court level before his elevation to the higher courts. On 25th January 2018, Justice Hussain Shaheedh was appointed as a Judge of the Criminal Court, a position he held until 23rd July 2018. On 24th July 2018, he was appointed as a Justice of the High Court of the Maldives. He served on the High Court bench for nearly seven years. From 18th November 2022 to 29th October 2023, he served as Acting Chief Judge of High Court of the Maldives. On 30th October 2023, he was formally appointed as the Chief Judge of the High Court. On 19th March 2025, Justice Hussain Shaheedh took the oath of office as a Justice of the Supreme Court of the Maldives. At the time of his appointment to the Supreme Court, he was serving as the Chief Judge of the High Court. He served as a Judge of the High Court from 24th July 2018 until his appointment to the Supreme Court on 19th March 2025 and continues to serve as a Justice of Supreme Court of the Maldives till date.
Justice Hussain Shaheedh has served at all levels of courts of the Maldivian judiciary. Filling the position of Magistrate, Judge of the Criminal Court, Justice and Chief Judge of the High Court. Among the current Justices of Supreme Court of the Maldives, he is the only Justice to have previously served at all levels of courts of the Maldivian judiciary. His career therefore encompasses experience across all levels of the Maldivian judicial system. In addition to representing the Supreme Court of the Maldives in the Judicial Service Commission (JSC), Justice Hussain Shaheedh serves as the Vice President of the Commission, contributing to the administration and development of the Maldivian justice system.
ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދަކީ އައްޑު އަތޮޅު ހިތަދޫ ބާޒީގެ އަލްމަރްޙޫމް ރެކިމަނިކާ އާއި ދޮންދީދީއަށް އުފަން ސޯޅަ ދަރިންގެ ތެރެއިން ނުވަވަނަ ދަރިކަލުންނެވެ. ފަނޑިޔާރު ޙުސައިން ޝަހީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަނެފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހު ސ. ހިތަދޫގައެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން މަތީތައުލީމަށް ކިޔަވާ ވިދާޅުވެ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފަނޑިޔާރު ޙުސައިން ޝަހީދު ވަނީ އެލް.އެލް.ބީ ހާސިލް ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީއިން މާސްޓަރސް ޑިގްރީ 2019 ވަނަ އަހަރު ހާސިލުކުރައްވާފައިވެއެވެ.
ފަނޑިޔާރު ޙުސައިން ޝަހީދު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 2003 ވަނަ އަހަރު އޮޑިޓު އޮފީހުގެ އައްޑު އަތޮޅު ބްރާންޗުގައި ޚިދުމަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަން ފައްޓަވާ، 25ޖުލައި 2012 އިން 25 ނޮވެންބަރު 2014 ގެ ނިޔަލަށް ކްރިނިމަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ކަމުގެ މަޤާމު އަދާކުރައްވާފައިވެއެވެ.
އަދި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފައިވެއެވެ. އެއަށްފަހު، 25 ޖެނުއަރީ 2018 ގައި ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ވަނީ އައްޔަންކުރައްވާފައެވެ. 23 ޖުލައި 2018 އާ ހަމައަށް ފަނޑިޔާރު ޙުސައިން ޝަހީދު ހުންނެވީ ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމުގައެވެ.
24 ޖުލައި 2018 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އައްޔަންކުރައްވާފައިވެއެވެ. އަދި 18 ނޮވެންބަރު 2022 އިން ފެށިގެން 29 އޮކްޓޫބަރު 2023 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމު ވަގުތީގޮތުން އަދާކުރައްވާފައިވެއެވެ. 30 އޮކްޓޫބަރު 2023 ގައި ފަނޑިޔާރު ޙުސައިން ޝަހީދު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.
19 މާރިޗު 2025 ގައި ފަނޑިޔާރު އޮނަރަބަލް އަލްޢުސްތާޛު ޙުސައިން ޝަހީދު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުގެ ހުވާ ކުރައްވާފައެވެ. މި މަޤާމަށް އައްޔަނު ކުރެއްވިއިރު، ފަނޑިޔާރު ޙުސައިން ޝަހީދު ހުންނެވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު، އެ މަނިކުފާނު ފުރުއްވީ، 24 ޖުލައި 2018 އިން ފެށިގެން، 19 މާރިޗް 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން މެޖިސްޓްރޭޓްކަމާއި، ދަށު ކޯޓުގެ ޤާޟީކަމާއި ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ހަމައެކަނި ފަނޑިޔާރަކީ އަލްއުސްތާޛު ޙުސައިން ޝަހީދުއެވެ.
2026/SC-A/22
Appellate Matterއިސްތިއުނާފީ މައްސަލަ
2026/SC-A/21
Appellate Matterއިސްތިއުނާފީ މައްސަލަ
[2026] SC 29
Appellate Matterއިސްތިއުނާފީ މައްސަލަ
[2026] SC 26
Appellate Matterއިސްތިއުނާފީ މައްސަލަ
Justice Hussain Shaheedh has participated in a range of judicial training programmes, professional development initiatives, seminars, and international conferences. His participation has included programmes relating to judicial norms, civil procedure, terrorism and emerging terrorist trends, and judicial administration. Selected programmes and conferences include:
އެ މަނިކުފާނަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރުގެ އިތުރުން، އެ ކޮމިޝަނުގެ ނައިބު ރައީސްވެސް މެއެވެ.
ފަނޑިޔާރު ޙުސައިން ޝަހީދު ބައިވެރިވެ ވަޑައިގެންފައިވާ ބައެއް ޓްރެއިނިންގ ޕްރޮގަރާމްތަކުގެ ތެރޭގައި:
Appellate Matterއިސްތިއުނާފީ މައްސަލަ
Appellate Matterއިސްތިއުނާފީ މައްސަލަ