About the general letter 01/201501/2015 ޢާންމު ސިޓީއާ ގުޅޭ
The following information is not available in the selected language.
ޤާނޫނު ނަންބަރު 11/2019 (ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އިދާރީ ހިންގުމަށް ބަދަލު އައިސްފައިވާތީ، ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން އުވާލެވިފައިވާ ނިންމުންތައް ޢާންމުކުރުމުގައި މި ކޯޓުގެ ނަންބަރު 01/2015 ޢާންމު ސިޓީ ހިމެނި، 18 މާރިޗު 2021 ގައި ވެބްސައިޓުގައި އާންމުކުރެވިފައިވަނީ އިދާރީ އޮޅުމަކުންކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، ނަންބަރު 01/2015 ޢާންމު ސިޓީއަކީ އަމަލުކުރެވެމުންދާ ޢާންމު ސިޓީއަކަށްވާތީ، ކޯޓުގެ ވެބްސައިޓުގައި މި ކުށް އިޞްލާޙު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
