"Access to Justice" International Consultant, met with the Chief Justice of the Republic of the Maldivesއެކްސެސް ޓު ޖަސްޓިސް" ހިންގުމަށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ކޮންސަލްޓަންޓް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި
Access to Justiceއެކްސެސް ޓު ޖަސްޓިސްU.N.D.Pޔޫ.އެން.ޑީ.ޕީUz. Abdulla Saeedއަލްއުސްތާޛް ޢަބްދުﷲ ސަޢީދު
-
އެކްސެސް ޓު ޖަސްޓިސް" ނުވަތަ ޢަދުލު އިންސާފަށް ވާސިލުވުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށް ޔޫ.އެން.ޑީ.ޕީ. އާއި ގުޅިގެން ހިންގާ މަޝްރޫއަށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ކޮންސަލްޓަންޓް، ކިޝާލީ ޕިންޓޯ ޖަޔަވަރުދަނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ 13 އޭޕްރިލް 2009 ވީ ހޯމަ ދުވަހު 14:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. މިބައްދަލުވުމުގައި ޢަދުލު އިންސާފު ޤާޢިމުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ މިނިވަން އަދި މުސްތަޤިއްލު ނިޒާމެއްކަމުގައި ހެދުމަށް ބޭނުންވާނެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
