Chief Justice pays courtesy call on Bangladesh Prime Ministerބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް އުއްތަމަ ފަނޑިޔާރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Chief Justiceއުއްތަމަ ފަނޑިޔާރު، ބަންގްލަދޭޝްBangladeshBangladesh

The following information is not available in the selected language.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު އެކަމަނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދުގެ މެންދުރުފަހު ހޮޓެލް ޖެންގައި އޮތް މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމް، އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.
