Commonwealth Assessment Mission of the Commonwealth Secretariat Pays a Courtesy Call on the Chief Justice of the Republic of Maldivesކޮމަންވެލްތު އެސެސްމެންޓް ސްޓާފް ސެކްރެޓޭރިއެޓް މިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

CommonwealthކޮމަންވެލްތުChief Justiceއުއްތަމަ ފަނޑިޔާރުMeetingsޑރ. އަޙްމަދު ޢަބްދުﷲ ދީދީ

A delegation of the Commonwealth Secretariat Assessment Mission paid a courtesy call on the Chief Justice of the Republic of Maldives.ކޮމަންވެލްތު އެސެސްމެންޓް ސްޓާފް ސެކްރެޓޭރިއެޓް މިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

A delegation of the Commonwealth Secretariat Assessment Mission paid a courtesy call on the Chief Justice of the Republic of Maldives.

The visit to the Supreme Court of the Maldives formed part of the Mission's official visit to the Maldives to conduct an assessment as an initial step in the Maldives' process of re-engagement as a member state of the Commonwealth.

The meeting was held at the Supreme Court of the Maldives at 2:30 p.m. today. In attendance from the Commonwealth Secretariat were Mr. Steven Malby, Head of Mission and Adviser, Office of Civil and Criminal Justice Reform; Ms. Clara Cole, Adviser, Election Support Section; Mr. Smeda Ekanayake, Adviser, Human Rights Unit; Mr. Dunstan Maina, Adviser, Public Sector Governance Unit; and Mr. Jonathan Cheng, Political Officer, Asia and Europe Division.

The delegation met with Hon. Dr. Ahmed Abdulla Didi, Chief Justice of the Republic of Maldives. Also in attendance were Justices of the Supreme Court Justice Abdulla Areef, Justice Adam Mohamed Abdulla, Justice Abdulla Didi, and Justice Abdul Ghanee Mohamed.

In addition, Dr. Hussain Faiz, Secretary General of the Supreme Court of the Maldives; Ustaz Ahmed Majid, Chancellor of the Judicial Academy; and Ms. Athika Ibrahim, Director, participated in the meeting.

The courtesy call provided an opportunity for constructive discussions on matters relating to the judiciary and the administration of justice in the Maldives, as well as broader issues relevant to institutional development and good governance. The meeting further reflected the continuing engagement between the Maldives and the Commonwealth Secretariat in support of strengthening democratic institutions and the rule of law.

ކޮމަންވެލްތު އެސެސްމެންޓް ސްޓާފް ސެކްރެޓޭރިއެޓް މިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ކޮމަންވެލްތު މިޝަންގެ މި ޒިޔާރަތަކީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރު ޤައުމަކަށްވުމުގެ މަރުޙަލާގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެ އެސެސް ކުރުމަށްޓަކައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރެއްވި ޒިޔާރަތެކެވެ. މިއަދު 14:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ކޮމަންވެލްތުގެ އޮފީސް އޮފް ސިވިލް އެންޑް ކްރިމިނަލް ޖަސްޓިސް ރިފޯމް ގެ އެޑްވައިޒަރ އަދި ހެޑް މިސްޓަރ ސްޓީވެން މެލްބައިއާއި އިލެކްޝަން ސަޕޯޓް ސެކްޝަންގެ އެޑްވައިޒަރ މިސް ކްލާރާ ކޯލްއާއި، ހިއުމަން ރައިޓްސް ޔުނިޓްގެ އެޑްވައިޒަރ މިސްޓަރ ސްމޭދާ އެކަނަޔެކެއާއި ޕަބްލިކް ސެކްޓަރ ގަވަރނަންސް ޔުނިޓްގެ އެޑްވައިޒަރ މިސްޓަރ ޑުންސްޓަން މައިނާއާއި ޕޮލިޓިކަލް އޮފީސް، އޭޝިއާ/ޔޫރަޕް މިސްޓަރ ޖޮނަތަން ޗެންގް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒުއާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު އާއި ޑިރެކްޓަރ ޢާތިކާ އިބްރާހީމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: