Improving the Supreme Court's website and making changes to the domainސުޕްރީމް ކޯޓުގެ ވެބްސައިޓް އިތުރަށް ފުރިހަމަކޮށް ޑޮމެއިންއަށް ބަދަލު ގެނައުން
The following information is not available in the selected language.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓް އެޑްރެސް ބަދަލުކޮށް އެކަން މިއަދު ޢާންމުކޮށްފިއެވެ. އައު ޑޮމެއިންއެއްގެ ދަށުން، ބަދަލުތަކާކާއި އެކީ މި ވެބްސައިޓް ލޯންޗްކުރުމުގެ މައިގަނޑު އަމާޒަކީ ވެބްސައިޓްގައި ޝާޢިއުކުރެވޭ ޙުކުމްތަކާއި، ކޯޓުގެ މަސައްކަތްތަކާއި ގުޅުންހުރި އެކިއެކި ލިޔުންތަކާއި، މަޢުލޫމާތު، ވެބްސައިޓް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިކަމެއްނެތި ހޯއްދެވޭނެ މަގު ފަހިކުރުމެވެ. މިގޮތުން، ވެބްސައިޓުގެ 'ސާރޗް ފަންކްޝަނަލިޓީ' އަށް ވަނީ ބަދަލު ގެނެވި، ކުރިއަށްވުރެ ފުރިހަމަ ކުރެވިފައެވެ. ކީ ވޯޑުތަކާއި، ޤާނޫނު ނަންބަރު ސާރޗް ކޮށްގެން ނިންމުންތައް ހޯދޭގޮތަށް ގެނެވުނު މި ބަދަލާއެކު، ވަކި މައްސަލައެއްގެ ޙުކުމް ހޯދުން ފަސޭހަވެ، ހޯދަން ބޭނުންވާ ޙުކުމް ހޯދުން ކުރިއަށްވުރެ އަވަސްވެގެން ދާނެއެވެ. މި ބަދަލާއެކު ނޫސްވެރިންނާއި، ޤާނޫނީ ވަކީލުންނާއި، ޤާނޫނު ކިޔަވާ ދަރިވަރުންގެ އިތުރުން ވެބްސައިޓްގެ ބޭނުން ކުރައްވާ އެހެނިހެން ފަރާތްތަކަށްވެސް މަޢުލޫމާތު ހޯއްދެވުމުގައި ލުއި ފަސޭހަ ވެގެންދާނެއެވެ. މީގެއިތުރުން، ކޯޓުގެ މީޑިއާ ލިންކްތަކާއި، ފޯމުތަކާއި، މުހިންމު މަޢުލޫމާތުތަކާއި، ވެބްސައިޓް ބޭނުންކުރައްވާ ފަރާތްތަކުން ޢާންމުކޮށް ހޯއްދަވާ އެހެނިހެން މަޢުލޫމާތު ފަސޭހައިން ހޯއްދެވުމަށް 'ކުއިކް ލިންކްސް އައިކަން' ތަކެއް ވަނީ ވެބްސައިޓްގެ ހޯމްޕޭޖްގައި ހިމެނިފައެވެ. މި ބަދަލާއި ގެނެވިފައިވާ އެހެނިހެން ބަދަލުތައް ބައްލަވާލެއްވުމަށް މި ވެބްސައިޓް ބައްލަވާލައްވާ.
