Inauguration of the Judicial Yearޤަޟާއީ އަހަރު 2026 އިފްތިތާހް ކުރުން

The Judicial Year 2026 was inaugurated on 8 February 2026 at 20:30 pm at the Center for Higher Secondary Education in Uppsala. Mohammed Muizzu. The present study is a quantitative study of the effects of the physical and chemical properties of the amino acids on the physiology of the lipid-binding proteins.
Delivering the judicial statement, the Chief Justice of Dhaka shared the achievements and challenges of the judiciary in the past year and what he envisions to achieve in the judiciary this coming judicial year. The case clearance rate will increase by 11% in 2025 compared to 2024, he said.
One of his top priorities in 2026 will be to set up a special task force to expedite 13,032 cases that have been pending for more than one year, find out the reasons for the non-progress of the case and pave the way for it The statement noted.
Judges who have retired with honours, five judges who have retired with honors during the past year were honored at the ceremony in recognition of their services to the judiciary. it is;
- Honorary Chief Justice Retd., Al-Ustaz Ahmed Mutassim Adnan, Gulfaam, K.Mala
- Justice Retd. Al-Ustaz Mohammed Niaz, Greenville, H.D
- Magistrate Retd Al-Ustaz Ibrahim Shakib – Shefranveli, K.K
- Judge Retd. Al-Ustaz Ahmed Mustafa / Dunfinige, S.Hurghada
- Magistrate Retd. Al-Ustaz Ali Ahmed / Nadva, H.D
The long service awards were presented to the judges and staff who have served the judiciary for more than 30 years with competence and sincerity in discharging their responsibilities and duties. 13 judges and 94 employees received the award. This is the first year that the awards have been given to judges who have served in the judiciary.
Nine awards were presented to recognize those who have provided assistance to the judiciary in various fields.
ޤަޟާއީ އަހަރު 2026 އިފްތިތާހުކުރުމުގެ ގޮތުން، 2026 ފެބުރުވަރީ 8 ވަނަ ދުވަހުގެ ރޭ 20:30ގައި ހުޅުމާލެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު 2026 އިފްތިތާހް ކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުގެ ޤާޟީންނާއި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޤަޟާއީ ބަޔާން އިއްވަވައިދެއްވަމުން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދު ފާއިތުވި އަހަރު ޝަރުޢީދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ދިމާވި ގޮންޖެހުންތަކާއި މި ފެށުނު ޤަޟާއީ އަހަރު ޝަރުއީ ދާއިރާއިން ހާސިލު ކުރެއްވުމަށް ތަޞައްވަރުކުރައްވާފައިވާ ކަންކަން ހިއްސާކުރެއްވިއެވެ. އެގޮތުން، ކޭސް ކްލިއަރެންސް ރޭޓަށް 2024 ވަނަ އަހަރަށް ވުރެ %11ގެ ކުރިއެރުމެއް 2025 ވަނަ އަހަރު ހޯދާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
2026 ވަނަ އަހަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނޭ އެއް މަސައްކަތަކީ އެއް އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަތައް އަވަސް ކުރުމަށް ވަކި ޚާއްޞަ ޓާސްކް ފޯހެއް ކަނޑައަޅުއްވައިގެން، މައްސަލަ ކުރިއަށްނުދާ ސަބަބު ހޯދައި، އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުންކަމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދު ޤަޟާއީ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.
ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރވެ ވަޑައިގެންފައިވާ ފަނޑިޔާރުން، ޝަރުޢީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް ޝަރަފު އެރުވުމުގެ ގޮތުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވާ 5 ފަނޑިޔާރަކު މި ރަސްމިއްޔާތުގައި ތަކްރީމް ކުރެއްވިއެވެ. އެއީ؛
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޗީފް ޖަސްޓިސް ރިޓަޔަރޑް، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ގުލްފާމުގެ، ކ.މާލެ
- ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ގްރީންވިލާ، ހދ.ވައިކަރަދޫ
- މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު އިބްރާހީމް ޝަކީބު – ޝެފްރަންވެލީ، ކ.ކާށިދޫ
- ޖަޖް ރިޓަޔަރޑް އަލްއުސްތާޛު އަޙްމަދު މުޞްތަފާ / ދުންފިނިގެ، ސ.ހުޅުދޫ
- މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ އަޙްމަދު / ނަދުވާ، ހދ.ނޮޅިވަރަންފަރު
ޝަރުޢީ ދާއިރާގެ ޚިދުމަތުގައި ތިއްބެވި ފަނޑިޔާރުންނާއި މުވައްޒަފުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރުމުގައި ޤާބިލުކަމާ އިޚްލާސްތެރިކަމާއެކު 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަނޑިޔާރުންނާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މި ރަސްމިއްޔާތުގައި އެ ފަރާތްތަކަށް ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމުވަނީ އަރުވާފައެވެ. އެގޮތުން 13 ފަނޑިޔާރަކާއި 94 މުވައްޒަފަކަށް މި އިނާމު ލިބިފައިވެއެވެ. ޝަރުޢީދާއިރާގެ ޚިދުމަތުގައި ތިއްބެވި ފަނޑިޔާރުންގެ ހިދުމަތުގެ މުއްދަތުގެ އަގުވަޒަންކޮށް އިނާމު ދިން މިއީ ފުރަތަމަ އަހަރެވެ.
ޝަރުއީ ދާރިރާއަށް އެކި ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްކަށް އަގުވަޒަން ކުރުމުގެ ގޮތުން 9 ފަރާތަކަށް އެވޯޑް ދީފައިވެއެވެ.
