Judge Mahaz Ali Zahir appointed to the parliament on the appeal of judgesފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ހަމަޖައްސައިފި
The following information is not available in the selected language.
ޤާނޫނު ނަންބަރު 2019/11 (ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާ "ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް" އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ހަމަޖައްސައިފިއެވެ.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ، ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފުކުރުމުން އެފަދަ މައްސަލަތައް ބެލުމަށް ކޮންމެ ޖުޑީޝަލް އަހަރަކަށް އެކުލަވާލެވޭ މަޖިލީހެކެވެ.
ފާއިތުވެދިޔަ ޖުޑީޝަލް އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަރާތުން ހަމަޖައްސާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.
