Judges appointed for Civil Court and Juvenile Courtމަދަނީ ކޯޓަށާއި ކުޑަކުދިންނާބެހޭ ކޯޓަށް ޤާޟީން ހަމަޖައްސަވައިފި

Civil Courtމަދަނީ ކޯޓުJuvenile Courtކުޑަކުދިންނާބެހޭ ކޯޓު

-

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން މާލޭ ކޯޓުތަކުގެ ޤާޟީކަމަށް ޢައްޔަނުކުރެވުނު 5 ބޭފުޅުން މަޤާމާއި ޙަވާލުވެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީ ހުވާކުރައްވައިފިއެވެ.

މި ފަސް ބޭފުޅުންނަކީ މަދަނީ ކޯޓުގެ ޤާޟީކަމަށް އަލްއުސްތާޛް ހާތިފް ޙިލްމީ އާއި އަލްއުސްތާޛް ޢަބްދުﷲ ޖަމީލު މޫސާ އަދި އަލްއުސްތާޛް ޢަލީ ނަސީރު އާއި ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް އަލްއުސްތާޛް އަހުމަދު ސަމީރު ޢަބްދުލްއަޒީޒު އާއި އަލްއުސްތާޛް އަޙުމަދު ޝަކީލުއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 01 ފެބްރުއަރީ 2009 ވަނަ ދުވަހުގެ 14:25 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ޢާއިލާއާބެހޭ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ޙަސަން ސަޢީދުއެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: