Justice Aisha Shujune Muhammed facilitated a session of judicial dialogue between the International Commission of Jurists and the Judiciary of Dhakaއިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އާއި ދިވެހިރާއްޖޭގެ ޖުޑިޝާރީއާ ގުޅިގެން ކުރިއަށްގެންދިޔަ ޖުޑީޝަލް ޑައިލޮގްގެ ސެޝަނެއް ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ފެސިލިޓޭޓް ކޮށްދެއްވައިފި

Sessionސެޝަން، އާއިޝާ ޝުޖޫން މުޙައްމަދު، ދާކާ، ޖުޑިޝަރީAisha Shujune MuhammadAisha Shujune MuhammadDhakaDhakaJudiciaryJudiciary

The following information is not available in the selected language.

އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ) އާއި ދިވެހިރާއްޖޭގެ ޖުޑިޝާރީއާ ގުޅިގެން ދިވެހިރާއްޖޭގައި 'ބެންކޮކް ޖެނެރަލް ގައިޑަންސް ފޮރ ޖަޖަސް އޮން އެޕްލައިންގ އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ' ގެ ނަމުގައި 2022 މެއި 28 އިން 29 އަށް ކުރިއަށް ގެންދެވުނު ޖުޑީޝަލް ޑައިލޮގްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ވަނީ ސެޝަނެއް ފެސިލިޓޭޓް ކުރައްވާފައެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ފެސިލިޓޭޓް ކޮށްދެއްވި ސެޝަންގެ މަޢުޟޫޢުއަކީ "އެޕްލިކޭޝަން އޮފް އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ޖުޑީޝަލް ޑިސިޝަން މޭކިން" އެވެ. މި މަޢުޟޫޢުގެ ދަށުން، މައްސަލަތައް ބެލުމުގައި ފަނޑިޔާރުންނަށް ޖެންޑަރ ޕަރސްޕެކްޓިވްގެ ބޭނުން ހިފޭނެ ގޮތްތަކާއި، ޖެންޑަރ ޕަރސްޕެކްޓިވް ބޭނުންކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތާއި، ރިޢާޔަތްކުރަންޖެހޭ އުސޫލުތަކަށް ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މީހާގެ ޖިންސަށް ނުވަތަ އެހެންވެސް ޚާއްޞަ ރައްކާތެރިކަމެއް ބޭނުންވާ ޙާލަތެއްގެ މައްޗަށް ބިނާކޮށް މީހުންގެ މެދުގައި ތަފާތު ނުކުރުމާއި ޤާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ މީހެއް ކަން ކަށަވަރުކުރުމުގެ ގޮތުން، ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި ގަވާއިދުތައް މިންތީގެ ހަމަހަމަކަމާއި ފުށުއަރެމުގެ ފުރުޞަތު އޮތްކަން ބެލުމުގެ، އަދި އެފަދަ ހާލަތްތަކުގައި ޤާނޫނު ތަތުބީޤުކުރުމުގެ ނަތީޖާއަށް ބަލައި ނިންމުންތައް ނިންމުމުގައި ހަމަހަމަކަން ދެމެހެއްޓޭގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: