Justice Uz. Mujthaba Fahmi has been elected as a judge representing the Supreme Court in the Judicial Service Commission as per Article 158(b) of the Constitutionޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރާ ފަނޑިޔާރަކަށް، ފަނޑިޔާރު އަލްއުސްތާޛު މުޖުތާޛު ފަހުމީ ހޮވިވަޑައިގެންފި
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލުމަށްޓަކައި، ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރާ ފަނޑިޔާރު ޢައްޔަންކުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިޚާބު 08 ޖުލައި 2009 ވަނަ ދުވަހު މެންދުރު 13:10 ގައި ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ. މިއިންތިޚާބުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރަކަށް ހޮވިވަޑައިގެންފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހުމީއެވެ. އިންތިޤާލީ މަރުޙަލާގައި އެކުލަވާލެވުނު ޖުޑީޝަލް ކޮމިޝަންގައިވެސް ސުޕްރީމް ކޯޓުގެ ފަރާތުން ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހުމީއެވެ.
