Mr. Hassan Shah (G. Newsha) sworn is as member of Elections Commissionއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެވުނު ގ. ނިއުޝާ / އަލްފާޟިލް ޙަސަން ޝާހު މަޤާމުގެ ހުވާކުރައްވައިފި

Elections Commissionއިލެކްޝަންސް ކޮމިޝަންMr. Hassan Shahއަލްފާޟިލް ޙަސަން ޝާހު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 276 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކުލަވާލެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ގ. ނިއުޝާ / އަލްފާޟިލް ޙަސަން ޝާހު ޢައްޔަނުކުރެއްވުމާއި ގުޅިގެން ޤާނޫނުއަސާސީގެ 178 ވަނަ މާއްދާ އަދި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަޤާމުގެ ހުވައިކުރައްވައިފިއެވެ. އަލްފާޟިލް ޙަސަން ޝާހު މަޤާމުގެ ހުވައިކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޖްތާޒް ފަހުމީގެ ކުރިފުޅުމަތީގައެވެ. ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޔޫސުފް ޙުސައިންއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ‏23 އޭޕްރީލް 2009 ވަނަ ދުވަހުގެ 15:30 ގައެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: