Mr. Mohammed Shihab (appointed from People's Majilis members), and Ms. Aishath Velezini (appointed from civilians), were sworn in as members of the Judicial Service Commissionޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޢައްޔަންކުރެވުނު އަލްފާޟިލް މުހައްމަދު ޝިހާބު އާއި، ޢާއްމުންގެ ތެރެއިން ޢައްޔަންކުރެވުނު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ މަޤާމުގެ ހުވާކުރައްވައިފި

Judicial Service Commissionޖުޑީޝަލް ސަރވިސް ކޮމިޝަންMr. Mohammed Shihabއަލްފާޟިލް މުހައްމަދު ޝިހާބުMs. Aishath Veleziniއަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 281 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 281 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މާލޭ މެންބަރު އަލްފާޟިލް މުހައްމަދު ޝިހާބު ހޮވިވަޑައިގެންފައިވާތީ އަދި ޤާނޫނުއަސާސީގެ 281 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ޢާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި މެންބަރެއްގެ ގޮތުގައި މއ. ޝިމާޤު / އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ހޮވިވަޑައިގެންފައިވާތީ، ޤާނޫނުއަސާސީގެ 166 ވަނަ މާއްދާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަލްފާޟިލް މުޙައްމަދު ޝިހާބު އަދި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ، މަޤާމުގެ ހުވައިކުރައްވައިފިއެވެ. އެދެބޭފުޅުން މަޤާމުގެ ހުވައިކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޖްތާޒް ފަހުމީގެ ކުރިފުޅުމަތީގައެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފްއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ‏23 އޭޕްރީލް 2009 ވަނަ ދުވަހުގެ 15:30 ގައެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: