"Rules of Criminal Procedure on Trial" revised and published"ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" މުރާޖަޢާކޮށް ޢާންމުކޮށްފި
The following information is not available in the selected language.
08 އޮގަސްޓް 2018 އިން ފެށިގެން ޢަމަލުކުރަމުން އައި "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" މުރާޖަޢާކޮށް މިއަދު ޢާންމުކޮށްފިއެވެ. 2021 މޭ 25 ވީ އަންގާރަ ދުވަހު ބޭއްވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ފާސްކުރެއްވި ނަންބަރު 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" އަށް ޢަމަލުކުރަން ފަށާނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު މުރާޖަޢާކޮށް އިޞްލާޙު ކުރުމުގެ ބުރަ މަސައްކަތް ކުރުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް އުއްތަމަ ފަނޑިޔާރު ޝުކުރު އަދާކުރައްވައެވެ.
ނަންބަރު 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ވިދާޅުވުމަށް
"ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގެ ޖަދުވަލުތައް ޑައުންލޯޑް ކުރެއްވުމަށް
