Supreme Court holds first-ever online forumސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިން ފޯރަމްއެއް ބާއްވައިފި
The following information is not available in the selected language.
ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން އޮންލައިން ފޯރަމްއެއް މިއަދު ބާއްވައިފިއެވެ. މި ފޯރަމް އަކީ، 2020 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ޢަމަލުކުރަން ފެށުނު ސުޕްރީމް ކޯޓުގެ ގަވާއިދު (2020) އާ ގުޅޭ މަޢުލޫމާތު ޙިއްޞާކޮށް ވަކީލުންގެ ފަރާތުން ފާހަގަކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާކުރުމުގެ މަޤުޞަދުގައި ބޭއްވުނު ފޯރަމް އެކެވެ.
މިއަދުގެ ހަވީރު 1600 ގައި ފެށުނު މި ފޯރަމްގައި، ސުޕްރީމް ކޯޓުގެ ގަވާއިދު (2020) ދަށުން އަލަށް ތަޢާރަފު ކުރެވުނު ކަންތައްތަކާއި، ސުޕްރީމް ކޯޓުގައި ޢަމަލުކުރެވެމުންދާ އިޖުރާއަތުތަކަށް މި ގަވާއިދުގެ ދަށުން އައިސްފައިވާ ބަދަލުތައް ޙިއްޞާކުރެވުނެވެ. އަދި މި ގަވާއިދާ ގުޅިގެން ވަކީލުންގެ ފަރާތުން ފާހަގަކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާކުރައްވާފައިވެއެވެ. މިއީ، ސުޕްރީމް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދެވުނު ފުރަތަމަ ފޯރަމް އެވެ.
