Supreme Court no. 07/2012 (10 September 2012) has been overruledސުޕްރީމް ކޯޓުގެ ނަންބަރު 2012/07 (10 ސެޕްޓެންބަރު 2012) ޢާއްމު ސިޓީ އުވާލައިފި

Revenue stampރެވެނިއު ސްޓޭމްޕް

The following information is not available in the selected language.

ޤާނޫނު ނަންބަރު 2021/13 (ޤާނޫނު ނަންބަރު 70/4ޖ، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ޤާނޫނު) ތަޞްދީޤު ކުރެއްވުމާ ގުޅިގެން ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމާގުޅޭ ސުޕްރީމް ކޯޓުގެ ނަންބަރު 07/2012 (10 ސެޕްޓެންބަރު 2012) ޢާއްމު ސިޓީ އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.

"ޤާނޫނު ނަންބަރު 70/4ޖ. (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) އުވާލުމުގެ ބިލު" ފާސްކުރައްވާފައި ވަނީ 2021 ޖުލައި 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިންނެވެ. އަދި، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރައްވާފައިވަނީ 2021 ޖުލައި 11 (1 ޛުލްޙިއްޖާ 1442) ވީ އާދީއްތަ ދުވަހު އެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: