Supreme Court overturns Judicial Service Commission actޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލައިފި
Judicial Service Commissionޖުޑީޝަލް ސަރވިސް ކޮމިޝަން
The following information is not available in the selected language.
ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، ޤާނޫނު ނަންބަރު 2019/11 (ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ރޫލިންގ، ސަރކިއުލަރ، ޢާއްމު ސިޓީ އަދި އުޞޫލުތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
- ނަންބަރު 2008/SC-RU/01 ރޫލިންގ - ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އަކީ ބާޠިލު އަކުރެއް ކަމަށް ކަނޑައަޅައި، 02 ޑިސެންބަރު 2008 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެ އިދާރާގެ މަސްއޫލުވެރިންނާ ޙަވާލުކުރެވޭ މަސައްކަތާ ބެހޭގޮތުން އެ ފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅާ
- ނަންބަރު 2009/01/SC (18 ޖަނަވަރީ 2009) ސަރކިއުލަރ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް
- ނަންބަރު 2009/02/SC (06 އޮކްޓޫބަރު 2009) ސަރކިއުލަރ - ނަންބަރު 2009/01/SC ސަރކިއުލަރއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ސަރކިއުލަރ
- ނަންބަރު 2015/11/SC (31 އޮގަސްޓު 2015) ސަރކިއުލަރ - ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ޤާއިމުކުރުމާބެހޭ
- ރާއްޖެއިން ބޭރުގައި ބޭއްވޭ ވަރކްޝޮޕް /ސެމިނަރ، ކޮންފަރެންސް ފަދަ ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމުތަކުގައި ޝަރުޢީ ދާއިރާއިން ބައިވެރިވުމާބެހޭ ޤަވާޢިދު
- ނަންބަރު 2009/1 ޢާއްމު ސިޓީ – ކޯޓުތަކުގެ ނިންމުންތައް ޢާއްމުކުރުމާބެހޭ
