Supreme Court overturns Supreme Court rulingsސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި
Rulingsނިންމުން
The following information is not available in the selected language.
ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ސަރކިއުލަރތަކާއި ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
04 ޖަނަވަރީ 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ރޫލިންގ ސަރކިއުލަރ، އަދި ޢާއްމު ސިޓީތައް
- ނަންބަރ 2016/02/SC ސަރކިއުލަރ - ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމަށްޓަކައި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ
- ނަންބަރ 13/2011 ޢާއްމު ސިޓީ - ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް ޝަރުޢީވަފުދު އެކުލަވާލުމާ ގުޅޭ
- ނަންބަރ 08/2015 ޢާއްމު ސިޓީ - ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް އެއް މަސް ދުވަހުގެ ތެރޭގައި ނިންމޭނެގޮތަކަށް ކޭސް މެނޭޖްކުރެއްވުމާއި ގުޅޭ
16 ނޮވެންބަރު 2021 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ރޫލިންގ
- ނަންބަރ 08/2015 ޢާއްމު ސިޓީ - ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް އެއް މަސް ދުވަހުގެ ތެރޭގައި ނިންމޭނެގޮތަކަށް ކޭސް މެނޭޖްކުރެއްވުމާއި ގުޅޭ
