Supreme Court overturns Supreme Court rulingsސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި
Rulingsނިންމުން
The following information is not available in the selected language.
ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ސަރކިއުލަރތަކާއި ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
އުވާލުމަށް ނިންމުނު ސަރކިއުލަރ، އަދި ޢާންމުސިޓީތައް
- ނަންބަރު 2020/02/SC ސަރކިއުލަރ: ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭ ޚާއްޞަ އިރުޝާދު.
- ނަންބަރު 2016/01/SC ސަރކިއުލަރ: ކޯޓެއް ޤާއިމްކުރެވިފައިވާ ރަށުން ބޭރުގައި އެ ކޯޓެއްގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ޤާއިމްކުރުމާގުޅޭ.
- ނަންބަރު 2018/03 ޢާއްމު ސިޓީ: ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދާއި ގުޅޭ.
- ނަންބަރު 2018/04 ޢާއްމު ސިޓީ: މައްސަލަތަކުން ތަނާޒުލްވުމާބެހޭ ޤަވާޢިދާ ގުޅޭ.
- ނަންބަރު 2011/12 ޢާއްމު ސިޓީ: ޖުވެނައިލް ޖަސްޓިސްޔުނިޓަށް ކުޑަކުދިންގެ މައްސަލަތަކާބެހޭ ރިޕޯޓު ފޮނުވުމަށް އެންގުމާ ގުޅޭ.
- ނަންބަރު 2009/02 ޢާއްމު ސިޓީ: ފަނޑިޔާރުން ޗުއްޓީ ނެގުމުގައްޔާއި މައްސަލަތަކުން ތަނާޒުލުވުމުގައި ޢަމަލުކުރާނެ ގޮތާގުޅޭ.
