Supreme Court overturns Supreme Court rulingsސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

Rulingsނިންމުން

The following information is not available in the selected language.

ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.

އުވާލުމަށް ނިންމުނު ޢާއްމު ސިޓީތައް

  • ނަންބަރު 2010/03 ޢާއްމު ސިޓީ: (ކޯޓުތަކުގެ އިޙްތިޞާޞާ ގުޅޭ) ޢާންމު ޤަވާޢިދުތަކާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކޯޓަކަށް ލިބިފައިވާ އިޚްތިޞާޞަކަށް ބަދަލެއް ގެނޭވޭނީ އެ ޤާނޫނުން ނުވަތަ އެހެން ޤާނޫނަކުން ކަމަށާއި އެ ޤާނޫނުން ކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްއެއް އެހެން ކޯޓަކަށް ބަދުލުނުކުރުމަށް ދަންނަވައި.
  • ނަންބަރު 2011/06 ޢާއްމު ސިޓީ: (ފަނޑިޔާރުން ޙުކުމް ކުރުމުގައި އެހެން ފަރާތެއްގެ ލަފައެއް ހޯދުމާބެހޭގޮތުން) ފަނޑިޔާރަކު ޙުކުމެއްކުރުމަށްޓަކާ އެހެން އެއްވެސް ފަރާތެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ލަފައެއް ހޯދައި އެ ހޯދާ ލަފައެއްގެ މައްޗަށް ބިނާކޮށް ޙުކުމް ކުރެވިގެންނުވާނެކަމަށާއި އަދި އެފަދަ ލަފައެއް ހޯދި ފަރާތަކީ ދައުލަތުގެ އެހެން ބާރެއްގައި ހިމެނޭ ފަރާތަކަށް ވެއްޖެނަމަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވެރިކަމުގެ ބާރުތައް ވަކިވެފައި އޮތުމުގެ ދުސްތޫރީ އުޞޫލާ ޚިލާފުކަމަކަށް ވާނެތީ ޙުކުމް ކުރުމުގައި އެފަދައިން ޢަމަލުނުކުރުމަށް އަންގައި.
  • ނަންބަރު 2013/01 ޢާއްމު ސިޓީ: ކޯޓުތަކާއި ފަނޑިޔާރުންނާއި ގުޅުންހުރި ކަންކަމުގައި އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ފޮނުވާ ސިޓީ ކަމާގުޅުން ނެތް ފަރާތްތަކަށް ކޮޕީކޮށް ފޮނުވުމަން ދިއުމާ ގުޅޭ.
Share this page:މި ޞަފްޙާ ހިއްސާކުރައްވާ: