Supreme Court overturns Supreme Court rulingsސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި
Rulingsގަވާއިދު
ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
އުވާލުމަށް ނިންމުނު ސަރކިއުލަރ، އަދި ޢާއްމު ސިޓީ
- ނަންބަރު 2019/01/SC ސަރކިއުލަރ: "ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދު" އަށް ޢަމަލުކުރުމާ ގުޅޭ.
- ނަންބަރު 2015/07 ޢާއްމު ސިޓީ: ކޯޓުތަކުގައި ރެކްރިއޭޝަން ޙަރަކާތްތައް ހިންގުމާ ގުޅޭ ޢާއްމު ސިޓީ (ކޯޓުތަކުގައި ރެކްރިއޭޝަން ނުވަތަ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖްތިމާޢީ ޙަރަކާތް ހިންގިދާނެކަމަށާއި، އެފަދަ ޙަރަކާތް ހިންގަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަނަށް މަޢުލޫމާތުދީގެން، އެ ޑިޕާޓްމަންޓާ ވިލަރެސް ކޮށްގެން ކަމަށާއި، ނަމަވެސް އެއްވެސް ކޯޓެއްގައި، އެއްވެސް ނަމެއްގައި، ކްލަބެއް ނުވަތަ އެހެންވެސް ޖަމާޢަތެއް ހެދުމަކީ ހުއްދަކުރެވިފައިވާ ކަމެއްނޫންކަން އަންގައި).
