Supreme Court overturns Supreme Court rulingsސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި
Rulingsނިންމުން
The following information is not available in the selected language.
ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
އުވާލުމަށް ނިންމުނު ސަރކިއުލަރ، ޢާއްމު ސިޓީ އަދި އުޞޫލުތައް
- ނަންބަރު 2018/01/SC ސަރކިއުލަރ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސްކުރުމާ ބެހޭ.
- ނަންބަރު 2018/03/SC ސަރކިއުލަރ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސްކުރުމާ ބެހޭ.
- ނަންބަރު 2015/03 ޢާއްމު ސިޓީ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި އެހެނިހެން ކޯޓުތަކާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ސިޓީތަކާ ލިޔުންތަކުގައި ސޮއިކުރުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2012/02/SC ސަރކިއުލަރގައި ބަޔާންކުރާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށް އަންގައި.
- ނަންބަރު 2011/03 އުޞޫލު: ތުރާފިލުވުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު.
