For the first time, The Supreme Court of the Maldives has live-streamed a court trialދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ޝަރީޢަތެއް ލައިވްކޮށްފި

The following information is not available in the selected language.
މިއަދު 11:00 ގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފެށިގެންދިޔަ ޝަރީޢަތް ވަނީ ކޯޓުގެ ޔޫޓިއުބް ޗެނަލާއި ޓްވިޓަރ ޕޭޖްގައި ލައިވްކުރެވިފައެވެ. މިއީ، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތެއް ކޯޓުން ލައިވްކުރި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މި އަހަރުގެ ޖޫން މަހުން ފެށިގެން ލައިވްކޮށްގެން ކުރިއަށް ގެންދަމުން އައިކަމުގައި ވީނަމަވެސް، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތްތައް ބާވާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދުރުންނެވެ.
މިއަދުގެ ޝަރީޢަތް ޝަރީޢަތުގެ މަޖިލީހުން ލައިވް ކުރެވިގެންދިޔައީ ޔޫ.އެން.ޑީ.ޕީ އިން ހަދިޔާކުރައްވާފައިވާ ވަޞީލަތްތަކުގެ އެހީގައެވެ. ލައިވް ކުރެވިގެންދިޔަ ސުޕްރީމް ކޯޓުގެ ނަންބަރު 78/2020/SC-C އަދި 2020/SC-C/79 ޤަޟިއްޔާތަކަކީ ގއ. ދާންދޫ ކަކާގެ ޔަޢުޤޫބު ޢަބްދުﷲ ގެ މައްޗަށް ދަޢުވާކޮށް ނ. ވެލިދޫ އެލްޕާޝޯ މުޙައްމަދު ހަލީމް، އަދި މާލެ މއ. ލޮޓަސް އަސްޢަދު ޝަރީފު ގެ ފަރާތުން ހުށަހަޅާފައިވާ ދެ މައްސަލައެވެ. މި ޝަރީޢަތުގެ ވީޑިއޯ ކޯޓުގެ ޔޫޓިއުބް ޗެނަލުން ފެނިވަޑައިގަންނަވާނެއެވެ. އަދި، ޝަރީޢަތް ނިމުނު ގޮތުގެ ތަފްޞީލު ރިޕޯޓު ކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
