The Chief Justice of the Maldives has sworn in the newly appointed Chief Magistrate of HA. Atoll Magistrateހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކުރިފުޅުމަތީ މަޤާމުގެ ހުވާކުރައްވައިފި.

Hdh. Atoll Chief Magistrateހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްUz. Mohammed Niyazއަލްއުސްތާޛް މުޙައްމަދު ނިޔާޒްUz. Abdulla Saeedއަލްއުސްތާޛް ޢަބްދުﷲސަޢީދުUz. Abdulla Areefއަލްއުސްތާޛް ޢަބްދުﷲ ޢަރީފް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާއާއި، އެއްގޮތްވާ ގޮތުގެމަތިން މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ބޭފުޅަކު މަޤާމާއި ޙަވާލުވެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ ހުވާކުރައްވައިފިއެވެ. މިއަދު އައްޔަންކުރެވިފައި ވަނީ ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމަށް ހދ.ވައިކަރަދޫ ގްރީންވިލާ އަލްއުސްތާޛް މުޙައްމަދު ނިޔާޒް އެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 24 މެއި 2009 ވަނަ ދުވަހުގެ 15:00 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: