The Supreme Court of the Maldives has been transferred from H.Muleege to the former Presidential Palaceދިވެހިރާއްޖެގެ ސުޕްރީމް ކޯޓު ހިންގުން ހ.މުލިއާގެއިން ކުރީގެ ރިޔާސީ ގަނޑުވަރުކަމުގައިވާ ތީމުގެއަށް ބަދަލުކޮށްފި

Supreme Courtސުޕްރީމް ކޯޓުH.Muliageހ.މުލިއާގެPresidential Palaceރިޔާސީ ގަނޑުވަރުTheemugeތީމުގެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިގަމުންދިޔަ ޢިމާރާތްކަމުގައިވާ ހ.މުލިއާގެއިން ތީމުގެ (ކުރީގެ ރިޔާސީ ގަނޑުވަރު) އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގުން ބަދަލުކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، 2009 ޖޫން 28 ވީ އާދީއްތަދުވަހުން ފެށިގެން މިކޯޓު ހިނގަމުންދަނީ ކުރީގެ ރިޔާސީ ގަނޑުވަރުކަމުގައިވާ ތީމުގޭގައެވެ. ކޯޓަށް އެކި ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުން ވަދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޯކިޑުމަގުގެ ހުޅަނގަށް ހުންނަ ދޮރާށިން (ކުޑަގޭޓުން) ނެވެ.މި ބަދަލަކީ ސުޕްރީމް ކޯޓުގެ ޖާގައިގެ ދަތިކަން ޙައްލުވެ ޢާންމުންނަށް ފެންވަރު ރަގަޅު ޚިދްމަތެއް ދިނުމަށް މަގުފަހިވިކަމެވެ.މިގޮތުންސުޕްރީމް ކޯޓު މުލިއާގޭގައި ހިންގިއިރު،ޝަރީޢަތް އަޑުއެހެމަށް ވަޑައިގަންނަވާ ބޭފުޅުންނާއި މައްސަލައިގެ ދަޢުވާކުރާފަރާތާއި ދަޢުވާރައްދުވާފަރާތް ޝަރީޢަތް ފެށުމުގެ ކުރިން އެއްތަނެއްގައި ބޭތިއްބިނަމަވެސް، މިހާރު ތީމުގެއަށް ބަދަލުވުމާއި ގުޅިގެން މައްސަލައިގެ ދަޢުވާކުރާފަރާތާއި ދަޢުވާރައްދުވާފަރާތް ޝަރީޢަތް ފެށުމުގެ ކުރިން ޝަރީޢަތް އަޑުއެހުމަށް ވަޑައިގަންނަވާ ބެފުޅުންނާއި ވަކިން ބޭތިއްބުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: