Two appointed magistrates of two courts have been sworn inދެކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ދެބޭފުޅަކު މަޤާމުގެ ހުވާކުރައްވައިފި
Uz. Hussain Mazeedއަލްއުސްތާޛް ޙުސައިން މަޒީދުUz. Hussain Rasheedއަލްއުސްތާޛް ޙުސައިން ރަޝީދުGA. Atoll Magistrateގއ. އަތޮޅު މެޖިސްޓްރޭޓް ކޯޓުS.Meedhoo Magistrateނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުUz. Yusuf Hussainއަލްއުސްތާޛް ޔޫސުފް ހުސައިން
-
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާއާއި، އެއްގޮތްވާ ގޮތުގެމަތިން ދެކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ދެ ބޭފުޅަކު މަޤާމާއި ޙަވާލުވެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ ހުވާކުރައްވައިފިއެވެ. މިދެބޭފުޅުންނަކީ ގއ. އަތޮޅުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ގއ.ގެމަނަފުށި ދުނބުރިމާގެ އަލްއުސްތާޛް ޙުސައިން މަޒީދު އާއި ނ.ވެލިދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ސ.މީދޫ އަބްލަޣީވާދީ އަލްފާޟިލް ޙުސައިން ރަޝީދު އެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 24 މާރޗް 2009 ވަނަ ދުވަހުގެ 14:00 ގައެވެ. މިބޭފުންނަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޔޫސުފް ހުސައިން އެވެ.
