Uz. Husnu Al-Suud (S.Meedhoo / Hassankaarige), appointed as member of the Judicial Service Commissionޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ސ. މީދޫ / ހަސަންކާރިގޭ އަލްއުސްތާޛް ޙުސްނުއްސުޢޫދު ޢައްޔަންކޮށްފި

Judicial Service Commissionޖުޑީޝަލް ސަރވިސް ކޮމިޝަންUz. Husnu Al-Suudއަލްއުސްތާޛް ޙުސްނުއްސުޢޫދުSheikh Abdulla Areefއައްޝައިޚް ޢަބްދުﷲ ޢަރީފް

-

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 160 ވަނަ މާއްދާއާއި، 281 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 281 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވިފައިވާ މެންބަރެއްގެ ގޮތުގައި، ސ. މީދޫ / ހަސަންކާރިގޭ އަލްއުސްތާޛް ޙުސްނުއްސުޢޫދު ޢައްޔަންކުރެއްވުމާއި ގުޅިގެން، ޤާނޫނުއަސާސީގެ 166 ވަނަ މާއްދާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަލްއުސްތާޛް ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ މަޤާމުގެ ހުވާކޮށްފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ‏12 މާޗް 2009 ވަނަ ދުވަހު މެންދުރު 14:00 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްއެވެ.

Share this page:މި ޞަފްޙާ ހިއްސާކުރައްވާ: