Uz. Hussain Siraj (AA.Ukulhas / fiftyflowers) sworn in as member of the Election Commissionއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ޢައްޔަންކުރެވުނު އއ. އުކުޅަސް / ފިފްޓީފްލާވަރސް އަލްއުސްތާޛް ޙުސައިން ސިރާޖް މަޤާމުގެ ހުވާކޮށްފި
Elections Commissionއިލެކްޝަންސް ކޮމިޝަންUz. Hussain Sirajއަލްއުސްތާޛް ޙުސައިން ސިރާޖްUz. Abdullah Saeedއަލްއުސްތާޛް ޢަބްދުﷲ ސަޢީދު
-
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 276 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކުލަވާލެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ހޮއްވަވާފައިވާ އއ. އުކުޅަސް / ފިފްޓީފްލާވަރސް އަލްއުސްތާޛް ޙުސައިން ސިރާޖް ޢައްޔަނުކުރެއްވުމާއި ގުޅިގެން ޤާނޫނުއަސާސީގެ 178 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ މަޤާމުގެ ހުވާކޮށްފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 25 މާޗް 2009 ވަނަ ދުވަހުގެ 16:00 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްއެވެ.
