ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް ދިއުން

30 ނޮވެންބަރު 2018   ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް ދިއުން

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން 02 ޑިސެންބަރު 2018 އިން ފެށިގެން 02 ޖަނަވަރީ 2019 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ. އަދި މި ޤާނޫނުގެ 7 ވަނަ މާއްދާނެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ޙާލަތެއްގައި ފިޔަވައި، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ. އަދި މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ޅ) ގައި ބުނާ ފަދައިން ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެއެވެ.