ފަނޑިޔާރު ޑރ. އިވާނާ ރިލިކޯވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

20 ފެބުރުވަރީ 2019   ޚަބަރުތައް  

ފަނޑިޔާރު ޑރ. އިވާނާ ރިލިކޯވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މޯލްޑިވްސް ޖުޑީޝަލް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑްސް އެންޑް ރިފޯމް" ގެ ސެޝަންތަކުގައި ޕޭޕަރ ހުށަހަޅައި ދެއްވުމަށް ވަޑައިގެން އުޅުއްވާ ފަނޑިޔާރު ޑރ. އިވާނާ ރިލިކޯވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު 11:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ޑރ. އިވާނާ ރިލިކޯވާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒު ބައިވެރިވެވަޑައިގެންނެވިއެވެ.