އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ޢައްޔަންކުރެވުނު އއ. އުކުޅަސް / ފިފްޓީފްލާވަރސް އަލްއުސްތާޛް ޙުސައިން ސިރާޖް މަޤާމުގެ ހުވާކޮށްފި

25 މާރިޗު 2009   ޚަބަރުތައް  

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ޢައްޔަންކުރެވުނު އއ. އުކުޅަސް / ފިފްޓީފްލާވަރސް އަލްއުސްތާޛް ޙުސައިން ސިރާޖް މަޤާމުގެ ހުވާކޮށްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 276 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކުލަވާލެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ހޮއްވަވާފައިވާ އއ. އުކުޅަސް / ފިފްޓީފްލާވަރސް އަލްއުސްތާޛް ޙުސައިން ސިރާޖް ޢައްޔަނުކުރެއްވުމާއި ގުޅިގެން ޤާނޫނުއަސާސީގެ 178 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ މަޤާމުގެ ހުވާކޮށްފިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ‏25 މާޗް 2009 ވަނަ ދުވަހުގެ 16:00 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްއެވެ.