This case was submitted to the Supreme Court of the Maldives by Ali Hussain, alleging that the amendment brought to the Article 73 of the Constitution is in violation of both the Constitution of the Maldives and the Basic Structure Doctrine and hence the amendment shall not apply retrospectively.މި މައްސަލައަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އަސާސީ އޮނިގަނޑުގެ މަބްދައުއާ ޚިލާފަށް ގެނެސްފައިވާ އިޞްލާޙެއް ކަމަށާއި، އަދި އެ އިޞްލާޙު ރަޖުޢީކޮށް ތަތުބީޤު ނުކުރެވޭނެކަމަށް ބުނެ، ޢަލީ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން، 2015 ވަނަ އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމާ ގުޅޭ ދުސްތޫރީ މައްސަލަConstitutional، Article 100 of the Constitution of the Maldives، Removal of vice president from office on July 2015
This case was submitted to the Supreme Court of the Maldives by Ali Shah stating that Article 12, 13 and 14 of the Act No. 11/2019 (Judicial Service Commission Act) is in contrary to Article 7 and 14 of the Constitution of the Maldives, thus rendering unconstitutional and void from the start."މި މައްސަލައަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 11/2019) ގެ 12 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާ އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ އާއި 14 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއް ކަމަށް ބުނެ، އެ މާއްދާތަކަކީ ބާޠިލު އަދި ފެށުނީއްސުރެ ވުޖޫދުގައި ނެތް މާއްދާތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޢަލީ ޝާހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ